Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސްޓެލްކޯގެ ދިއްފުށީ އާ އިންޖީނުގެ ހުޅުވައިފި

ސްޓެލްކޯ އިން ކ. ދިއްފުށީގައި ހެދި އާ އިންޖީނުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވައިފި އެވެ.

އެ މަނިކުފާނު އެތަން ހުޅުއްވައި ދެއްވީ ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ދިއްފުށީ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަ ތެވެ.

މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެއާ އެކު ކަސްޓަމާ ސާވިސް ބިލްޑިން ވެސް ހަދާފައިވެ އެވެ. މި މަޝްރޫޢުގެ މަސައްކަތް މިދިޔަ އަހަރުހެ ޖޫން 26 ގައި ފެށުމަށް ފަހު ނިންމައިލީ މިއަހަރުގެ އެޕްރީލް 30 ގަ އެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސަންވިލް ޕްރައިވެޓް ލިމިޓެޑެވެ. އަދި މަޝްރޫޢުގެ އަގަކީ 12.5 މިލިއަން ރުފިޔާ އެވެ.

ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. ނަަމަވެސް އާ އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓްކަމަށް ސްޓެލްކޯއިން ބުންޏެވެ. އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެ އެވެ.