Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ރައީސް މުއިއްޒުގެ މަޝްރޫއުތަކަކީ ޖޯކްތަކެއް: ޖަމީލު

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވެރިކަން ކުރެއްވުމުގެ ހުނަރެއް ހުންނެވި ލީޑަރެއް ނޫން ކަމަށާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ފެންވަރެއް ނެތް މީހުންނާ އެކު ރަށްރަށަށް ވެސް އިއުލާން ކުރާ މަޝްރޫއުތަކަކީ ވެސް ޖޯކު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތަރަައްގީ އާއި އެމަނކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ކުރައްވާށޭ ވިދާޅު ކަމަށެވެ. އަދި ޔާމީންގެ "ހުސް ގޮނޑި" ދައްކަވައި ވެރިކަން ހޯއްދަވައި އްޔިތުންނަށް ޚިޔާނާތްތެރިވިކަން މިއަދު ރައްޔިތުން ގަބޫލު ކުރާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ވެރިކަމަށް މުއިއްޒު އައީ ވެސް ޔާމީނާ ކައިރިކުރާ ވަރުގެ ވެސް ގާބިލްކަމެއް ނެތްކަން ގަބޫލްކޮށްގެން. މިއަދު، މުއިއްޒު މާނަ ކުރާ މަޝްރޫޢުތަކަކީ ރައްޔިތުން ކުރިމަތީ ޖޯކެއް،" އޭނަ ވިދާޅުވި އެވެ. "މުއިއްޒު އޭޓިއެމް މެޝިންކޮޅަކާއި މަގު ކޮންނަ ކުޑަ ހައިމާކާ އެކު ރަށްރަށަށް ދިއުމުން ފެންނަނީ ތަޞައްރަފު ނުފުދޭކަން."

ޖަމީލު ވިދާޅުވީ މުއިއްޒަކީ ހުނަރެއް ހުންނެވި ލީޑަރެއް ނޫން ކަމަށާއި ލީޑަރުންނާ ޗާންސަކުން ވެރިކަމަށް އާދެވޭ މުއިއްޒު ފަދަ ގާބިލުކަމެއް ނެތް މީހުންގެ ތަފާތު ރޭ ހއ. ދިއްދޫގައި ޔާމީން ދެއްވު ތަގުރީރުން ވެސް ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ތަންދޮރު ނޭނގޭ ބޮޓުންނާއި ނުކިޔަވާ ހުރި ފަލާހާއި ޝުޖާއުމެން މަރުފަލި ޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެ،" އޭނަ ވިދާޅުވި އެވެ. "ދެން ހުސްގޮނޑީގެ ޖާދޫ ވެސް ނުދެއްކޭނެ. އެއް ކަމެއް ނުވެ ދޮގު ހަދާތާ ދެ އަހަރު މިވީ. ގައުމު ދިޔައީ ފަހަތަށް. ވަގުތު ނެތޭ، ވަގުތު ނެތޭ."