Last Updated: July 24, 20:27
Saturday, July 25, 2026
ޚަބަރު

ޑޮލަރު ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް/މާލެ، އަޙްމަދު ރައިހާން ނަޢީމް، 20، އާއި ކ ގުރައިދޫ އަޅިވިލާގޭ ބްރާހީމް އަނޫފް، 24، ގެ އިތުރުން ހަމަ އެގޭ ޙުސައިން ޝަހުދު، 30، އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވެ އެވެ.

އެ މީހުން ޑޮލަރު ފޭރުނީ އިއްޔެފެ ފަތިހު އެވެ. އެގޮތުން ގައުމީ ބޭންކްގެ މުވައްޒަފުންގެ އަތުން ޑޮލަރު ސޫޓްކޭސް ފޭރިގަތުމަށް ފަހު ފިލާފައި ވަނީ ލޯންޗެއްގަ އެވެ.