Last Updated: July 3, 10:18
Friday, July 3, 2026
ޚަބަރު

މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްގެ 3 ފުރުސަތެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްގެ ތިން ފުރުސަތަކަށް މިއަދު ހުޅުވާލައިފި އެވެ.

ސްކޮލަޝިޕް ދޭން ނިންމާފައި ވަނީ އިސްލާމިކް ޔުނިވަސިޓީގައި މާސްޓާސް އަށް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. އެގޮތުން ދޭން ނިންމި ސްކޮލަޝިޕްތަކަކީ މާސްޓާ އޮފް ފިޤްހް އާއި މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެންޑް މިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޤުރްއާނިކް ސައިންސް އެވެ.

މި ތިން ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރޭގައި ހޮވޭ ދަރިވަރުންގެ ކިޔެވުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ މައުމޫން ފައުންޑޭޝަނުންނެވެ.

އެކަމަކު ސްކޮލަޝިޕްތައް ލިބޭ ދަރިވަރުން ހޮވާނީ އިސްލާމިކް ޔުނިވަސިޓީންނެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މަތީ ތައުލީމަށް ފަހިކޮށްދޭ މިފަދަ ފުރުސަތުތަކީ ދިވެހި ގާބިލު ޒުވާނުން ބިނާ ކުރަން ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށެވެ.