Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ޝަކުވާތައް މޭޔަރަށް

‎ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ރައްޔިތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންއާ ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިއަދު އައްޑޫ މޭޔަރު އަލީ ނިޒާރާ އެކު ބޭއްވި ބައްދަވުމެއްގައި މަޝްވަރާކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ސިނާނު ވިދާޅުވީ މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ފަތާ ޓްރެކަށް އެންމެ އެކަށީގެންވާ ތަނެއް ހަމަޖެއްސުމާއި، ލިންކު ރޯޑާއި، ކެޑިގެދޮރުމަގާ ގުޅުވައިލުމާ ގުޅޭ ގޮތުން ރައްޔިތުން ފާޅުކޮށްފައިވާ ދަތިތަކާއި ތަހައްމަލް ކުރަމުން އަންނަ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނނު ކަމަށެވެ.

އަދި އަލަށް ޤާއިމުކުރެވޭ އޭޓީއެމާއި ބިޒްނަސް ސެންޓަރަށް އެކަށީގެންވާ ޕާކިން ޖާގަ ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުވުނު ކަމަށް މެންބަރު ވިދާޅުވި އެވެ.

"މީގެ އިތުރުން ވެސް ރައްޔިތުން ފާޅުކޮށްފައިވާ ކަންކަމާ މެދު މަޝްވަރާކުރެވިފައިވޭ." ސިނާން ވިދާޅުވި އެވެ.