Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ކަސްޓަމްސްއަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ކަސްޓަމްސް އަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި އެވެ.

މިއީ އޮސްޓްރޭލިއަން ބޯޑާ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް އަށް ހަދިޔާކުރި ޑްރޯންތަކެކެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އެވެ. ކަސްޓަމްސްގެ ފަރާތުން މި ޑްރޯންތަކާއި ހަވާލުވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވި ކަމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރާއި އެ ޤައުމުގެ ބޯޑަރު ފޯސްއަށް ޝުކުރު އަދާކުރައްވާފަ އެވެ. މި އެހީގެ ސަބަބުން ކަސްޓަމްސް އިން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.