Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކަޑެމީ ހުޅުވައިފި

ސްޓްލްކޯ އިން ކ. ތުލުސްދޫގައި ހެދި ސްޓޭޓް ޔޫލިޓީލިޓީ ސްކިލްސް އެކެޑަމީ ހުޅުވައިފި އެވެ.

އެތަން ހުޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ކ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުގެ ތެރެއިން ތުލުސްދު އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީއަކީ މުޖުތަމަޢުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ގާއިމުކުރި މަރުކަޒެކެވެ.

އެތަނުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގެ ޕްރޮގްރާމްތަކެއް އެކަޑެމީގައި ހިންގަން މި ހަފުތާގައި އެ ޔުނިވަސިޓީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ.

ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑެމީގައި ކްލާސްރޫމްތަކާއި ވޯކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ވެސް ހިމެނެ އެވެ. އެތަނުގެ ލެބަކީ ޗައިނާ ކުންފުންޏަކުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަޞީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބެކެވެ،

ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑެމީ އަކީ އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭ ގޮތަށް 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި ތަނެކެވެ.