އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި މުބާރާތް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 23-30 އަށެވެ.
އެހެންވެ "އައްޑޫ ސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލްތަކަށް އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓް adducity.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވާ ކުދިންގެ ފޯމްތަކުގެ އަސްލާއި ބައިވެރިވާ ދަރިވަރުންގެ ލިސްޓް (އެކްސެލް ޝީޓް އަދި ޕީޑީއެފް ކޮޕީ) އަންނަ މަހުގެ 12 ގެ މެންދުރު ފަހު 2:00 ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށެވެ.
އައްޑޫ ޤުރުއާން މުބާރާތުގެ މައިގަނޑު މަގުސަދަކީ ތަރުތީލުން ޤުރުއާން ކިޔަވަން އެނގޭ މުޖުތަމައެއް އައްޑޫގައި ބިނާކުރުމެވެ.
ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތަކީ ތިން ވަނަ ޤުރުއާން މުބާރާތެވެ.