Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގަމާއި މުއްޔާ ދެމެދު މޯލްޑިވިއަންގެ ދަތުރުތަކެއް

އައްޑޫ ގަމާއި މ. މުއްޔާ ދެމެދު ދަތުރުތަކެއް ބާއްވަން މޯލްޑިވިއަނުން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ އެ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 999ރ. ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަތުރެއް ބާއްވާނެ ކަމަށެވެ.

މުލީ އެއާޕޯޓަކީ މިދިޔަ މަހުގެ 20 ގައި ރަސްމީކޮށް ހުޅުވި އެއާޕޯޓެކެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ އަތޮޅުތެރޭގެ އެއާޕޯޓްތަކުގެ މެދުގައި ދަތުރުތައް ތައާރަފު ކުރަމުންނެވެ. މިހާތަނަށް އެ އެއާލައިންގެ ދަތުރުތައް އެންމެ ބޮޑަށް ހާއްސަކޮށްފައި އޮތީ މާލެ އާއި އަތޮޅުތަކާ ދެމެދަށެވެ.