Last Updated: July 24, 20:27
Saturday, July 25, 2026
ޚަބަރު

އައްޑޫގައި ޑިސެންބަރު މަހު ބިލިއާޑް މުބާރާތެއް

އައްޑޫގައި އަންނަ ޑިސެންބަރު މަހު ބާއްވަން ހަމަޖެހިފައިވާ ބިލިއާޑް މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތަކީ "އައްޑޫ އޯޕަން 8 ބޯލް ޗެމްޕިއަންޝިޕް" އެވެ. ހިތަދޫ ކޮމިއުނިޓީ ސެންޓަރުގައި ބާއްވާ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ޑިސެންބަރު 10 ގަ އެވެ.

އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7790340 އިން ހޯދޭނެ އެވެ.