Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޑޮލަރުގެ ތާށިކަމާ ހުރެ އިންޑިއާ މުވައްޒަފުންގެ ޕެޓިޝަނެއް

ގައުމަށް ފައިސާ ފޮނުވަން ދަތިވެފައިވާ މައްސަލައިގައި ހައްލެއް ހޯދައި ދޭން އެދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންތަކެއް ސޮއިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ޕެޓިޝަނުގައި އިންޑިއާއަށް ނިސްބަތްވާ 800 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ސިއްހީ ދާއިރާގެ އިތުރުން ބައސއް އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުން ވެސް ހިމެނެ އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އެސްބީއައި) ގެ މާލޭ ބްރާންޗުން މިި މަހުގެ 25، އިން ފެށިގެން މުސާރަ ފޮނުވަން ދިވެހި ރުފިޔާ ދިނުމުން ލިބޭ ޑޮލަރުގެ އަދަދު 150 އަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެހެން ވެ އެކަމާ ގުޅިގެން ގައުމަށް ފައިސާ ފޮނުވަން ދިމާވެފައިވާ ދަތިތަކާ ހެދި އާއިލާތަކަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. ޕެޓިޝަަންގައި ބުނީ މިހާރު ކަނޑައަޅާފައި އޮތް ލިމީޓަކީ އާއިލާތަކަށް އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދޭ ވަރަށް ވުރެ ކުޑަ ލިމިޓެއް ކަމަަށެވެ.

އެސްބީއައި އިން އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރީ އެ ބޭންކަށް ޑޮލަރު ލިބުން ތާށިވެފައިވާތީކަން އެނގޭ ކަމަށެވެ. ނަމަވެސް މި މައްސަލަ އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެސްބީއައިއާ މަޝްވަރާކޮށްގެން ހައްލެއް ހޯދައި ދޭން އެދިފައިވެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ މައްސަލަ އަށް ހައްލެއް ހޯދަން ފޮރިން މިނިސްޓްރީ އާއި އެމްއެމްއޭ ހިމެނޭހެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.