Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރަމީލާ އެޗްއާރްސީމަށް އައްޔަން ކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ޑރ. އައިޝަތު ރަމީލާ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދި ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނަ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އޭނަ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024 ގަ އެވެ.

އެޗްއާރްސީއެމަށް ރަމީލާ އައްޔަން ކުރަން ފާސްކުރި އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ ކޮމިޝަނަށް ދެ މެންބަރަކު އައްޔަންކޮށްފައިވެ އެވެ. އެއީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި އައްޑޫ ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމެވެ.