Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު އެކައުންޓުން މުއާމަލާތްކުރުމަށް ހާއްސަކޮށްގެން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި އައު ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްކުރެވޭ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ އިނާޔަތް ލިބިގެންދާނެ ކަމަށެވެ.

މި ކާޑުގެ ހާއްސަ ފީޗާ ތަކުގެ ތެރޭގައި ހިމެނެނީ:

1- ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ، މިގޮތުން 3,200 ޑޮލަރު ނެގޭނެ
2- ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް ދުވާލަކަށް 5,000 ޑޮލަރު
3- ވިސާގެ ބައިނަލްއަގްވާމީ އޮފަރތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އައު ވިސާ ޕްލެޓިނަމް ޑެބިޓް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ. އަދި އަމާޒަކީ ކަސްޓަމަރުންނަށް އިންޓަރނޭޝަނަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން ކަމަށާއި މިއީ ކަސްޓަމަރުންނަށް ލިބޭ ބޭންކިން ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރެވުނު ކާޑެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް، ކަސްޓަމަރުންނަށް މިހާރު މި ކާޑަށް އެދި ހުށަހެޅޭނެއެވެ.