Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ޖޭއެސްސީގެ ރައީސްކަމަށް ހުސްނީ އިންތިހާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އިންތިހާބުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ އެ ކޮމިޝަންގެ މެންބަރު ކަމަށް ވަނީ އައްޔަންކުރައްވާފަ އެވެ. ޖޭއެސްސީން މިރޭ ވަނީ ހުސްނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

ޖޭއެސްސީއަށް، ހުސްނީ އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ މަގާމު ހުސްވީ ރިޒާ އިސްތިއުފާ ދެއްވުމުންނެވެ. އޭނަ އިސްތިއުފާ ދެއްވި އިރު ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.