Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް އެ ތަނުގެ ސީއޯއޯގެ މަގާމުގައި ހުންނެވި ސަބީހާ އަހްމަދު އައްޔަންކޮށްފި އެވެ.

އޭނަ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް އާއި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިން ދާއިރާގައި މަސައްކަތް ކުރައްވާފައުވެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ސަބީހާ އަށް މަރުހަބާ ކިޔައި ބުނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ޓޫރިޒަން މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި، އެ ކުންފުނީގެ ބޯޑަށް ސަބީހާ އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާ އާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

ވިޒްޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުގައި ސަބީހާގެ އިތުރުން ދެން ތިއްބަވަނީ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ/އެމްޑީ އިބްރާހިމް ޝިއުރީގެ އިތުރުން ނޮން އެގްޒެކެޓިވް ޑިރެކްޓަރުން ގޮތުގައި ތިއްބަވާ މާހާ ނަޒީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލް ސަމީއު އިމާދު އަދި އައިޝަތު ހަމީދެވެ.