Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މާލީ އެހީ 18 މީޑިއާއަކަށް، ޖުމްލަ 27.9 މިލިއަން

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފި އެވެ.

މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން އެހި އަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީ މި މަހުގެ 7 އަށެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފަ އެވެ.

އެހީ ލިބުނު މީޑިއާތަކާއި ފައިސާގެ އަދަދު:

1. ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
2. ވީޓީވީ: 3 މިލިއަން ރުފިޔާ
3. އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
4. ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
5. ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
6. ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
7. ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
8. ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
9. ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
10. ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
11. މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
12. މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
13. ތިލަދުން: 1.2 މިލިއަން ރުފިޔާ
14. އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
15. ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
16. ދިޔަރެސް: 1.1 މިލިއަން ރުފިޔާ
17. ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
18. މާލްދީފް އޮންލައިން: 899,197.77 ރުފިޔާ

މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 ޕަސެންޓެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުން ފައިސާ ދޫކުރާނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.

މީޑިއާތަކަށް މާލީ ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ.