Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ކޮއްތު ފައިސާގެ މައްސަލަ: ހަތަރު ފުލުހަކު ސަސްޕެންޑްކޮށްފި

ފުލުހުންގެ މައި އިދާރާ

ށ. މިލަންދޫ ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލާގައި 4 ފުލުހަކު ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ބެލި ބައެއް ފުލުހުން ޑީމޯޓު ކުރަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންތައް މާލެ ގެނެސްގެންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.