އައިލެންޑް އެވިއޭޝަން ސާވިސް (އައިއޭއެސް) ހުޅުމާލެ އިން 49.4 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި އެވެ.
މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ 16 ގަ އެވެ. އަދި އެ މުއާމަލާތް ކޯޓްގައި ނިންމައިލީ އިއްޔެ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ގައުމި އެއާލައިން، މޯލްޑވިއަން އޮޕަރޭޓްކުރާ އައިއޭއެސް އަށް ހުޅުމާލެ ފޭސް ދެއަކުން ގަނެފައިވަނީ 12،481.94 އަކަފޫޓްގެ ބިމެއް ކަމަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން އައިލެންޑް އެވިއޭޝަނަށް ވިއްކާފައިވަނީ ޖުމްލަ 49،428،842.20 މިލިއަން ރުފިޔާ އަށް ކަމަށެޗެ.
އަދި ބިމުގެ އަގަށްވާ ފައިސާ އެ ކުންފުނިން، އެޗްޑީސީ އަށް ދައްކައި ހަލާސް ވެސް ކޮށްފައިވާ ކަމަށެވެ.