Last Updated: June 8, 10:34
Monday, June 8, 2026
ދުނިޔެ

ކްރިކެޓް ބޯޅައަކުން ޖެހި ކުއްޖަކު މަރުވެއްޖެ

ކްރިކެޓް ޕްރެކްޓިސް މެޗެއްގެ ތެރޭގައި އޮސްޓްރޭލިއާގައި ކްރިކެޓް ބޯޅައަކުން ޖެހި ފުދާވަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މެލްބަންގެ ފާންޓްރީ ގަލީގައި އަންގާރަ ދުވަހު ހިނގި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ ބެން އޮސްޓިން ކިޔާ 17 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނަ އަކީ ފާންޓްރީ ގަލީ ކްރިކެޓް ކުލަބަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ކްރިކެޓް ބޯޅަ އިން ޖެހުނު އިރު، ބެން އުޅުނީ ކްރިކެޓް ހެލްމެޓެއް އަޅައިގެން ނަމަވެސް، އޭގައި ނެކް ގާޑް ނެތް ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެ ކަނދުރާގައި ބޯޅަ ބާރަށް ޖެހުނު ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. ބެން މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނަގެ މަރާ ގުޅިގެން ކްރިކެޓް ވިކްޓޯރިއާ އިން ނެރުނު ބަޔާނެއްގައި ބުނީ ބެންގެ މަރަކީ މުޅި ކްރިކެޓް ކޮމިނިއުޓީ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

މީގެ ކުރިން ވެސް އޮސްޓްރޭލިއާގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން 2014 ގައި ކްރިކެޓް ބޯޅައަކުން ޖެހި އެ ގައުމުގެ ކްރިކެޓް ތަރިއެއް ކަމަށްވާ ފިލިޕް ހިއުގެސް އުމުރުން 25 އަހަރުގައި މަރުފައިވެ އެވެ.