Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މީދޫ އައިސްޕްލާންޓް ހުޅުވައިފި

ދ. މީދޫގައި މިފްކޯ އިން ހެދި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފި އެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މީދޫ އައިސްޕްލާންޓް ހަދަން މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ގަ އެވެ.

މަސްވެރިންނަށް ފަސޭހަ އިން އައިސް ފޯރުކޮށް ދޭން އައިސްޕްލާންޓްތައް މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ހަދަމުންނެވެ. ފަސޭހަ އިން އައިސް ނުލިބުމަކީ މަސްވެރިިންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.