މާވެލް ސްޓޫޑިއޯގެ ސުޕަހީރޯ ފިލްމުތަކުގައި ކެޕްޓަން އެމެރިކާގެ ރޯލު ކުޅޭ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް ބައްޕައަކަށްވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަގެ އަންހެނުން އަލްބާ ބެޓިސްޓާ ވިހެއީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކްރިސް އާއި އަލްބާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ދަރިފުޅަށް ކިޔަނީ އަލްމާ ގްރޭސް އެވެ.

ކްރިސް، 44، އާއި އަލްބާ، 28، ކައިވެނިކުރީ 2023 ގަ އެވެ. އަލްބާ އަކީ ޕޯޗްގަލް އަށް އުފަން ބަތަލާއެކެވެ.