Last Updated: July 4, 11:04
Saturday, July 4, 2026
ޚަބަރު

އުރީދޫ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖަހާލެވޭނެ

އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް ގަންނައިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފަރއެއް ތައާރަފްކޮށްފި އެވެ.

މި އޮފަރ ހުޅުވާލެވިފައިވަނީ ފަން ކިޓް ގަންނަ ފަރާތްތަކަށެވެ. އުރީދޫ ފަންރަން 2025 ބޭއްވުމަށް ހަމަޖެހިފައި ވަނީ 19 ޑިސެމްބަރ 2025 ގަ އެވެ.

މި އަހަރުގެ އިވެންޓަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ފަން ކިޓްތަކަށް އޯޑަރު ކުރެވޭނީ 14 ނޮވެމްބަރ 2025 ގެ 23:59 ނިޔަލަށެވެ.

ފަން ކިޓް ގަތުމަށްޓަކައި:

އުރީދޫ ފަން ރަން ވެބްސައިޓަށް ވަދެލާ ore.do/funrun-2025
ބޭނުންވާ ކިޓް އަދި ސައިޒް ނެގުމަށްފަހު ކާޓަށް އެޑް ކޮށްލާ
ބިބް ޕާސަނަލިޒް ކުރުމަށް ގިނަވެގެން 7 އަކުރުގެ ނަމެއް ”ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް“ ގައި ލިޔުއްވާ
އޯޑަރ ކޮންފާމް ކުރުމަށް ފައިސާ ދައްކާލާ

އުރީދޫއިން ބުނީ، އުރީދޫ ފަން ރަންގައި ބޭނުންވާ ނަމެއް ޖަހާލައިގެން ދުވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި ލަސްނުކޮށް މި ފުރުސަތުގެ ބޭނުން ހިއަޕުމަށްވެސް އުރީދޫއިން ވަނީ އެދިފަ އެވެ.