އައްޑޫ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުފާ ދެއްވީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެވެ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވުމުގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ދެ އަހަރު ދުވަހު އެ ސްކޫލުގައި އާސިޔަތު މަސައްކަތް ކުރައްވާފައިވެ އެވެ.
އާސިޔަތު ދެން މަސައްކަތް ކުރައްވާނީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
އާސިޔަތަކީ ކުރިން ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަދީލް ނަސީރުގެ އަނބިކަނބަލުންނެވެ.