Last Updated: July 4, 10:57
Saturday, July 4, 2026
ޚަބަރު

ދިވެހިބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އައިމިނަތު ޒާހިރަށް

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ޙާޞިލްކުރެއްވި ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދަސްވެނިވުމާއި ގުޅިގެން ޑރ. އާމިނަތު ޒާހިރާއަށް، ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ވަރަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފަ އެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ، ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފަ އެވެ.

މި ތާރީޚީ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެއްކަން ފާހަގަކުރައްވަމުން ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފަ އެވެ.