Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އައްޑޫން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ

އައްޑޫގައި އަނެއްކާވެސް އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާނެކަން ފެނަކައިން އަންގައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ އިން ބުނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވަމުންދާ އެންމެހައި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ފެނަކައިން ދާދިފަހުން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފަ އެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ބުނެ އެވެ.