ހެރެތެރޭގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓުގެ ކުނި ކަހާދޭނެ 10 މީހުން ހޯދަން އިއްލާން ކޮށްފިއެވެ.
އެ ރިސޯޓުން ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ކުނިކެހުމަށް ސައުގުވެރިވާ ފަރާތްތަކުން މާދަމާގެ ނިޔަލަށް 9998215 ނަންބަރު ފޯނަށް ގުޅައިގެން ނަން ނޯޓު ކުރުމަށެވެ. އެގޮތުން އެ ފުރުސަތު މާދަމާގެ މެންދުރު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލެވިފައިއެވެ.
ކެނެރީފުން ބުނީ ކުނިކަހާދޭ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކު 2600 ރުފިޔާ އާއި ސާވިސް ޗާރޖް ދޭނެ ކަމަށެވެ.
ކެނެރީފް ރިސޯޓުގައި މިހާރުވެސް ކުނިކަހަމުން އަންނަނީ ހުޅުމީދޫގެ ހީވާގި އަންހެން ކަބަލުންނެވެ.