Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޓޫރިޒަމް ޓްރަސްޓް ފަންޑްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޓް ކޮމިޓީގައި ހިމެނެނީ ސަރުކާރު ހަތް އިދާރާއެއް ތަމްސީލުކުރާ ފަރާތްތަކެވެ. އެ ހަތް މެންބަރުން ހިމެނޭ ދާއިރާތަކަކީ ރައީސް ގެ އޮފީސް، ޓޫރިޒަމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، އޭޖީ އޮފީސް، ހައުސިން މިނިސްޓްރީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.

މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ލިބޭ ފައިސާ، އިންސާފުވެރިކަމާއި ފޮރުވުމެއް ނެތި ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި ހިންގުމެވެ. އަދި މި ފަންޑުގެ ހަރަކާތްތައް މި ކޮމިޓީން ބެލެހެއްޓުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.