ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތައް، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.
މި ބަދަލުތަކާއެކު، ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވެގެންދާނެ އެވެ. މިއީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
މުސާރައަށް ބަދަލު ގެންނަ 8 ދާއިރާ
ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް
އެޑިއުކޭޝަނަލް ސާވިސް
ހެލްތު ސާވިސް
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް
ލީގަލް ކަލްޗާ އެންޑް ސޯޝަލް ސާވިސް
ޕްރޮޓެކްޓިވް ސާވިސް
ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް
ސެކްރެޓޭރިއަލް ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަށް ބަދަލު ގެންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ އެވެ.
މުސާރައަށް އަންނަ ބަދަލުގެ ތަފުސީލް މާދަމާ ޕޭކޮމިޝަނުން މިއަދު ހާމަ ކުރާނެ އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.