Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރާއްޖެއާ ގުޅޭ އާރްއެސްޑަބްލިއު ސިސްޓަމެއް

އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ ރެފްރިޖެރޭޓެޑް ސީވޯޓަ އާރްއެސްޑަބްލިއު) ސިސްޓަމެއް ތަޢާރަފްކޮށްފި އެވެ.

އެ ސިސްޓަމް ތަޢާރަފްކޮށް ދެއްވީީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.

އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ތަޢާރަފްކުރި އާރްއެސްޑަބްލިއު ސިސްޓަމަކީ ރާއްޖޭގެ މަސް ދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްސަ ކޮށްގެން ތަޢާރަފްކުރި ފުރަތަމަ ނިޒާމެވެ.

މި ސިސްޓަމް އުޅަނދުތަކުގައި ހަރު ކުރުމުން، މަސްވެރިންނަށް އެތަކެއް ފައިދާތަކެއް ކުރާނެ ކަމަށް މިނިސްްރީން ބުންޏެވެ. އެގޮތުން އައިސް ލިބުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވިގެން ދާނެ އެވެ.

އާރް.އެސް.ޑަބްލިއު ނިޒާމެއް ތަޢާރަފް ކުރުމަކީ، ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވުމާއެކު، އެންމެ ފުރިހަމަ ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

މޮ ދަތިތަކަށް ހައްލެއްް ހޯދައިދި ނުމަށްޓަކައި މިހާރު ސަރުކާރުން އަންނަނޯ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ޤާއިމްކުރުމަށް ލޯނު ވެސް ދޫކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައި ވެސް މި ނިޒާމު ޤާއިމްވުމެވެ.

މި އަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރަކަށް ހުޅުވައިލާނެ އެވެ.