Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ހިޔާ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭގެ ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ވެއްޓިފައި ވަނީ ހިޔާ ޓަވަރު 8 ކަމަށާއި އެއީ ފިރިހެނެއް ކަމަށެވެ. އެ ޓަވަރުގެ 14 ވަނަ ބުރިން އެ މީހާ ވެއްޓުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 8:32 ގަ އެވެ.

އެ މީހާގެ ހަށިގަނޑު ފުލުހުން ހުޅުމާލޭގެ ހޮސްޕިލަށް ގެންގޮސްފައިވާ އިރު، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ މީހާ އޮތީ މަރުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 33 އަހަރުގެ ދިވެހި ފިރިހެން މީހާ ވެއްޓުނީ ފްލެޓްގެ ކުޑަދޮރަކުންނެވެ.

މީގެ ކުރިން ވެސް ހިޔާ ފްލެޓްތަކުގައި މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވެ އެވެ.