އިތުރު 8 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކިރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތްތްއް އެ ކުންފުންޏާ ހަވާލުކުރީ ސްޕޯޓްސް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަސްލަމް ރަހާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރަން ހަވާލުކުރި ރަށްތަކަކީ ހއ. މުރައިދޫ، ހދ. ކުމުންދޫ، ށ. ފީވަކު، ގއ. ދެއްވަދޫ އަދި ކ. ހުރާ އެވެ. މީގެ އިތުރުން ރ. މާކުރަތުގައި ފުޓްސަލް ދަނޑެއް އެޅުމާއި، ލ. ކުނަހަންދޫގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އަދި ހދ. ވައިކަރަދޫގައި ޒަމާނީ ސްކޭޓްޕާކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ.