ލ. ދަނބިދު އާއި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުމުރުން ދުވަސްވީ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން ލ. ގަން/ ތުނޑި، ހުދުފަސް، ޔޫސުފް ނަސީމް، 60، ހައްޔަރުކުރީ އޮޓޯބަތި ރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނަ ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 5.39 ގުރާމް) އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.
ޔޫސުފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެބެ.
ހައްޔަރުކުރި އަނެއް މީހާ ވެސް ހައްޔަރުކުރީ އޮކްޓޯބަރު 30 ގަ އެވެ. އެއީ ލ. މުންޑޫ/ހީނާވިލާ، އަޙްމަދު ޝަފީޤް، 55، އެވެ. ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމެވެ.
ޝަފީގުގެ ބަންދަށް ކޯޓުން ޖެހީ ފަސް ދުވަހެވެ.
މި ދެ މީހުންގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.