Last Updated: June 8, 09:28
Monday, June 8, 2026
މުނިފޫހިފިލުވުން

ވައިއާރްއެފްގެ ފިލްމުތައް ނެޓްފްލިކްސް އަށް

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ސްޓޫޑިއޯގެ ގިނަ ފިލްމުތަކެއް ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށައިފި އެވެ.

މިކަން މިއަދު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ވައިއާރްއެފަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ކުންފުންޏެވެ. ހިންދީ ސިނަމާގެ ކާމިޔާބު ލޯބީގެ އެތައް ފިލްމެއް ގެނެސް ދީފައިވާ ޑައިރެކްޓަރު 2012 ގައި މަރުވި ފަހުން ސްޓޫޑިއޯ ހިންގުމުން އަންނަނީ ދޮށީ ދަރިފުޅު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އެވެ.

އެ ސްޓޫޑިއޯގެ ފިލްމުތައް ނެޓްފްލިކްސް ބެލޭނެ ގޮތް ހަމަޖެހިގެން ދިޔަ އިރު، ދާދި ފަހުން ވައިއާރްއެފް އިން ގެނެސްދިން ދެ ފިލްމެއް ވެސް އެ ޕްލެޓްފޯމަށް އޮތީ ކުރިން ދޫކޮށްލައިފަ އެވެ. އެއީ ޖުލައިގައި ރިލީޒްކުރި "ސައްޔާރާ" އާއި އޮގަސްޓްގައި ގެނެސްދިން "ވޯ 2" އެވެ.

ވައިއާރްއެފް ވުޖޫދަށް އައީ 1970 ގަ އެވެ.