Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފިރިހެން ދަރިވަރުންތަކަކަށް ގޯނާކުރި ޓީޗަރަކު ހައްޔަރަށް

ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ ހުށަހެޅީ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެކަމާ ގުޅިގެން ހޯމަ ދުވަހު 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި އަދި ބިދޭސީޫ ޓީޗަރުންގެ ފަރާތުން ވެސް ދަރިވަރުންނަށް މިފަދަ ބޭއަދަބީ ކަންކަން ކުރިމަތިވެފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ދިޔަ ދިވެހި ފިިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވެ އެވެ.