Last Updated: June 8, 09:28
Monday, June 8, 2026
ދުނިޔެ

ރޯވި ތުރުކީ ހޮޓަލުގެ ވެރިޔާ އުމުރަށް ޖަލަށް

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތުރުކީގެ ޓޫރިސްޓް ހޮޓަލެއްގައި ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ހޮޓަލުގެ ވެރިޔާ ހާލިތު އެރްގުލް މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ފަރުބަދަމަތީ ސަރަަހައްދެއް ޖަނަށްވާ ބޯލޫގެ 12 ބުރީގެ 'ގްރޭންޑް ކަރްތާން ހޮޓާ' ޖެނުއަރީ 21 ގައި ރޯވި ހާދިސާގައި 78 މީހަކު މަރުވެ، 133 މީހަކު ޒަހަމްވި އެވެ.

އެ ހާދިސާއާ ގުޅިގެން އިހުމާލާއި ގަސްތުގައި ބަޔަކު މަރާލުމުގެ ދައުވާ ހޮޓަލުގެ ވެރިޔާގެ އިތުރުން 10 މީހެއްގެ މައްޗަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހޮޓަލުގެ ވެރިޔާގެ އަންހެނުންނާއި އޭނަގެ ދެ އަންހެން ދަރިޔަކު ވެސް ހިމެނެ އެވެ. ޖަލު ހުކުމް އިއްވި މީހުންގެ ތެރޭގައި ހޮޓަލުގެ މެނޭޖަރާއި ބޯލޫގެ ޑެޕިއުޓީ މޭޔަރާއި އެތަނުގެ ފަޔާ ޑިޕާޓްމަންޓްގެ ވެރިޔާ ވެސް ހިމެެ އެވެ.

އެ އެންމެންގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ހުކުމްކުރީ އިއްޔެ އެވެ.

'ގްރޭންޑް ކަރްތާން ހޮޓާ' ގެ ހަތަރު ވަނަ ބުރީގެ ރެސްޓޯރަންޓެއްގައި ރޯވެ، މުޅި ހޮޓަލަށް އަލިފާން ފެތުރުނު އިރު، އެތަނުގައި 234 މީހަކު ތިއްބެވެ. ލަކުނޑިން ހަދާފައިވާ ހޮޓަލުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ އެ ހާދިސާ ހިނގިތާ 12 ގަޑިއިރު ފަހުންނެވެ.

'ގްރޭންޑް ކަރްތާން ހޮޓާ' އަކީ 1999 ގައި ހުޅުވި ތަނެކެވެ. އަދި އެ ތަން ހާލިތު ހިންގަމުން އައީ 2007 އިން ފެށިގެންނެވެ.