ނެޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވި އެވެ.
މި ކެޓަގަރީތަކަކީ:
18 އަހަރުން ދަށުގެ ފިރިހެން ކުދިން
18 އަހަރުން ދަށުގެ އަންހެން ކުދިން
16 އަހަރުން ދަށުގެ ފިރިހެން ކުދިން
14 އަހަރުން ދަށުގެ ފިރިހެން ކުދިން
މިއީ ޖޫނިއާ ސާފިން މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސަފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ވެފައިވާ އެސްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ސަފިންގައި ޒުވާން ހުނަރުވެރިން އުފައްދާ ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނެޝަނަލް ޖޫނިއާ ސަރފިން ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.