Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ބީއެމްއެލް އައްޑޫ ކާނިވަލަށް ބޮޑު ތަރުހީބެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ބޭއްވި ތިން ދުވަހުގެ ކާނިވަލަށް ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މި ކާނިވަލަކީ، އާއިލާތަކަށް ހާއްސަ ގިނަ ހަރަކާތްތަކަކާއި މަޖާ ކަންތައްތަކެއް ހިމެނުނު ކާމިޔާބު އިވެންޓެކެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިކާނިވާ ގައި ކޮންމެ ދުވަަހަކުވެސް ލަކީޑްރޯ އެއް ކުރިޔަށްގެންދިޔަ އެވެ. މި ލަކީޑްރޯ ގައި ބައިވެރިންގެ ތެރެއިން ނަސީބުވެރި ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކޮށްފައިވެ އެވެ.

މީގެ އިތުރުންވެސް މި ކާނިވާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން އައްޑޫގެ އެކި ސްކޫލުތަކުގެ ދަރިވަރުންގެ ހުށަހެޅުންތަކާއި މަގުބޫލު ބޭންޑުތައްވެސް ފެނިގެން ދިޔަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ގޭމްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ މަގުބޫލު ވިޔަފާރިތަކުގެ ސްޓޯލްތައް ވެސް ބެހެއްޓިފައިވެއެވެ.

މީގެ ކޮންމެ ހަރަކާތަކަށް ވެސް ބޮޑު ތަރުހީބެއް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.