Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ވަފުދެއް އިންޑިއާ އަށް

އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި އެވެ.

އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފަ އެވެ.

ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 އަށް އިންޑިއާގެ އެކި ސިޓީތަކުގަ އެވެ. ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.