Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާލެ އާއި ކޮލޮމްބޯއާ ދެމެދު ފެރިގެ ހިދުމަތް

ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާތަކެއް ކުރަމުން އަންނަ ބައެއް ނޫސްތަަކުން ރިޕޯޓުކޮށްފި އެވެ.

މީޑިއާތަކުން ބުނެފައި ވަނީ އެ ހިދުމަތް ފަށާނީ ލަންކާގެ ވެރިރަށށް ކޮލޮމްބޯ އާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ކަމަށެވެ. އެގޮތުން ދެ ސިޓީގެ މެދުގައި ކޮމާޝަލް ފެރީގެ ހިދުމަތް ފެށުމަށް މަޝްވަރާތަކެއް ކުރެވުނީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެއަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށް ސްރީ ލަންކަން ގާޑިއަން ނޫހުން ބުނެފައިވެ އެވެ.

ދެ ގައުމުގެ މެދުގައި ފެރީގެ ހިދުމަތް ފެށުމުން މުދާ އުފުލާއި ޓޫރިޒަމަށް ވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ. ކޮލޮމްބޯ އާއި މާލެއާ ދެމެދު ކުރާ ފެރީ ދަތުރުތަކަށް ނަގާނީ ބައިގަޑިއެއްހާ އިރެވެ.

މިހާރު ވެސް ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ޓްރާންސްޝިޕްމަންޓެއް ހަބެއްގެ ގޮތުގައި ލަންކާގެ ދައުރު ބޮޑެވެ.

ލަންކާ އަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އެންމެ އަވައްޓެރި އެއް ގައުމެވެ.