އިމިގްރޭޝަނުން 70 ވަޒީފާގެ ފުރުސަތު ހުޅުވާލައި އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއުގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ބުނެފި އެވެ.
އިންޓަވިއު ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 8:30 އިން ހަވީރު 4:30 ސަލާހުއްދީން ސްކޫލްގަ އެވެ. އެގޮތުން އިންޓަވިއުގައި ޖުމްލަ 670 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އިިންޓަވިއު ކުރި މީހުންގެ ތެރެއިން ވަޒީފާތަކަށް ޝޯޓްލިސްޓް ކުރާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ މީހުން ކަމަށެވެ. އެގޮތުން މުވައްޒަފުން ހޮވުމަށް ބާއްވާ އިމްތިޙާނު އޮންނާނީ މި މަހުގެ 4-8 އާ ދެމެދު އެވެ.
އިމިގްރޭޝަން އޮފިސަރުންގެ އަސާސީ އަކީ މަހަކު 6،500ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500ރ. ލިބޭ އިރު، ބޭސިކް ޓްރޭނިން ފުރިހަމަ ކުރުމުން މުސާރައިގެ 35 ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް 50 އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ހުޅުވާލައި ބޭއްވި ވޯކް-އިން އިންޓަވިއުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.