Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ބަނގުރަލާ އެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި

ކ. ތުލުސްދޫ ގެސްޓްހައުސްއަކުން ބަނގުރަކާ އެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އޭނަ އަކީ މިދިޔަ މަހުގެ 17 ގައި ތުލުސްދޫ ގެސްޓްހައުސްއަކުން ހައްޔަރުކުރި 7 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއީ ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރެވެ.

އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޮއެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެގޮތުން ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. އަދި މިއީ ހުސް ދިވެހިންނެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރަށް ފަހު މާޔާ މަގާމުން ސަސްޕެންޑްކޮށް މައްސަލަ ޕްރޮފެޝަނަލް ކޮމާންޑުން ބަލައި ސިޕްލިނަރީ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރަން ލަފާ ދީފައި ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކު ވެސް ހައްޔަރުކޮށް ފިޔަވަޅު އަޅާފައިވެ އެވެ.