Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި، 6 މީހަކަށް ފަރުވާ ދެނީ

އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހަދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއަކަށެވެ.

ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:44 އެހާކަށްހާ އިރު ކަމަށެވެ.

މިދިޔަ މަހު ވެސް ކޮޅުވެއްޓިއެެއް ބަންޑުުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާއެެއްގައި ތިން މީހަކު މަރުވެފައިވެ އެވެ.