Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ކޮޅުވެއްޓި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ

އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އެއީ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން ،32، އެވެ.

ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:44 ހާއިރު ކަމަށެވެ.

މިދިޔަ މަހު ވެސް ކޮޅުވެއްޓިއެެއް ބަންޑުުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާއެެއްގައި ތިން މީހަކު މަރުވެފައިވެ އެވެ.