Last Updated: July 4, 17:46
Saturday, July 4, 2026
ޚަބަރު

އުއްމީދުތަކުގައި ކުލަޖައްސައި ދޭނީ އިހުލާސްތެރިން

މާދަމާގެ އުފާފާގަތި ކަމަށް ދިވެހީން ކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ މުރާލިކަމާއެކު ހިދުމަތް ކުރާނެ އިހުލާސްތެރިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.

"މާދަމާގެ އުފާފާގަތި ކަމަށް ދިވެހީން ކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުން ވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީން،" ރައީސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ، ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް 1988 ނޮވެންބަރު ތިންވަނަ ދުވަހު ހަމަލާދިނުމުން، އެމީހުންނަށް ރައްދު ހަމަލާދީ ދިވެހި ސިފައިން އެމީހުންގެ މައްޗަށް ހޯދި ނަސްރާއި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.