Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނޮވެންބަރު 3 ގެ ޝަރަފުގެ އައްޑަނަ މައުމޫނަށް އަރުވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ މިއަދު އަރުވައިފި އެވެ.

އެ މަނިކުފާނަށް އައްޑަނަ އެރުވީ ނަސްރުގެ ދުވަސް ފާހަގަ ކުރަން މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ ނޮވެންބަރު 3، 1988 ގައި މައުމޫންގެ ވެރިކަމުގައި ކުރިމަތިވި އުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތިން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށް ދެއްވި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދިން އައްޑަނައެކެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ އެ ބިރުވެރި އަދި ނުރައްކާތެރި ދުވަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.

ނޮވެންބަރު 3 އަކީ ދިވެހިންގެ ޚާއިނުންތަކެއް، އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި، މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެވެ.

އެ އުދުވާންގައި 19 ދިވެއްސަަކު ޝަހީދުވި އެވެ. އެއީ ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހެކެވެ.