Last Updated: June 8, 07:06
Monday, June 8, 2026
މުނިފޫހިފިލުވުން

އަގަސްތިއާގެ ފިލްމު އާލިއާގެ ފިލްމާ އެއް ދުވަހެއްގައި

އަމީތާބް ބައްޗަންގެ ކާފަދަރިފުޅު، އަގަސްތިއާ ނަންދާގެ "އިސްކީސް"، ބަތަލާ އާލިއާ ބަޓްގެ ފިލްމު "އަފްލާ" ސިނަމާތަކަށް ގެންނަން، ނިންމާފައި އޮތް ތާރީހަށް ތާވަލުކޮށްފި އެވެ.

މެޑޮކް ފިލްމްސް އިން ހަދާފައިވާ އަގަސްތިއާގެ ފިލްމު އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނާނެކަން މިިއަދު އިއުލާންކުރި އިރު، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "އަލްފާ" ހަމަ އެ ތާރީހުގައި ރިލީޒްކުރާނެކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ.

އެ ފިލްމަކީ އާލިއާގެ އިތުރުން ޝަރްވާރީ ވާގް އާއި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރް ވެސް ހިމެނޭ ފިލްމެކެވެ. ޝިވް ރަވައިލް ޑައިރެކްޓްކޮށް ގެނެސްދޭ "އަލްފާ" ޑިސެމްބަރު 25 އަށް ތާވަލުކޮށްފައި އޮތަސް މީގެ ޕްރޮމޯޝަނަލް އެއްވެސް ހަރަކާތެއް އަދި ނުފަށަ އެވެ.

އަގަސްތިއާގެ "އިއްކީސް" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ. މިއީ އަގަސްތިއާގެ ދެވަނަ ފިލްމެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޓްރެއިލާ ވެސް ދައްކައިލި މި ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ، ޖައިދީޕް އަހުލުވާތު، ރާހުލް ދޭވް، ވިވާން ޝާހް، ސިކަންދަރު ކޭރް އަދި އެކަވަލީ ކަންނާ ވެސް ހިމެނެ އެވެ. މި

"އިއްކީސް" އިން އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ ވެސް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

އާލިއާގެ ފިލްމާއި އަގަސްތިއާގެ ފިލްމު އެއް ދުވަހެއްގައި ސިނަމާތަކަށް ގެންނަ އިރު، އާލިއާ އަކީ ޒުވާން އެކްޓަރުގެ ފަހަރިއެކެވެ. އަގަސްތިއާގެ ބައްޕަ ނިކިލް ނަންދާ އަކީ އާލިއާގެ ފިރިމީހާ އެކްޓަރު ރަންބީރް ކަޕޫރްގެ އާއިލާގެ މެންބަރެކެވެ. ދެހާސް ތޭވީހުގެ "ދި އާޗީސް" އިން އެކްޓިން އަށް ނުކުތް އަގަސްތިއާގެ ބައްޕަ ނިކިލްގެ މަންމަ ރީތޫ ނަންދާ އަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ އެއްބަނޑު އެެއްބަފާ ދައްތައެކެވެ.

ރިޝީ އާއި ރީތޫ ވެސް ވަނީ މަރުވެފަ އެވެ.