މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އެންމެން ވެސް މި މަހުގެ 1 ގައި ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ ރ. ހުޅުދުއްފާރު، ލޫނާ، އަޙްމަދު ނިހާން، 23، އާއި ރަސްގެތީމު، އިރުދޭމާގޭ އިބްރާހީމް ރިޝާމް، 36، އާއި (ހުޅުދުއްފާރު ، ފަތިސްހަނދުވަރުގޭ އާދަމް ނަސީމް، 30، އާއި، ޅ. ނައިފަރު ހަނަފަސްގޭ، އަމީނާ މުޙައްމަދު، 32، އާއި ހުޅުދުއްފާރު އާސްމާނުވިލާ، އައްޔޫބު އާދަމް، 33، އާއި ކުޅުދުއްފުށީ ބީޗްސައިޑް، ފަރީޙާ ބިންތި ޢަލީ ވަޙީދުމ 21، އާއި (ހުޅުދުއްފާރު ލައިނޫފަރުގޭ، އިބްރާހީމް ޢާދިލް، 38، އާއި ރަސްގެތީމު އިރުދޭމާގޭ އަޙްމަދު ވިޝާމްމ 41، ގެ އިތުރުންހުޅުދުއްފާރު އާސްމާނުވިލާ، ޙުސައިން ސަރްޙާން، 30، އެވެ.

މި މީހުން އުޅުނު ގެ ބަލައިފާސްކުރިއި ރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުން ކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43،500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދަށް މުއްދަތު ވެސް ޖަހާފައިވާ އިރު، ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.