Last Updated: June 8, 07:06
Monday, June 8, 2026
މުނިފޫހިފިލުވުން

އާލިއާގެ 'އަލްފާ' އަންނަ އަހަރަށް ފަސްކޮށްފި

ކުރިން އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމި އާލިއާ ބަޓްގެ ފިލްމު "އަލްފާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކުރިން އަންނަ ޑިސެމްބަރު 25 އަށް ތާވަލުކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 17 ގަ އެވެ.

އެ ސްޓޫޑިއޯ އިން ބުނީ "އަފްލާ" އަންނަ އަހަރަށް ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ މީގެ ވިއެފްއެކްސް އަށް އަދިވެސް ވަގުތު ބޭނުންވާތީ ފިލްމުގެ މަސައްކަތް ވީހާ ވެސް ފުރިހަމަ އަށް ނިންމުމުގެ ގޮތުން ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމު އަންނަ އަހަރަށް ފަސްކުރި އިރު، އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމު "އިއްކީސް" ޑިސެންބަރު 25 ގައި ރިލީޒްކުރާނެކަން މިއަދު އިއުލާންކޮށްފައިވާކަމެވެ.

"އަލްފާ" އަކީ ވައިއާރްއެފްސްގެ ސްޕައި ޔުނިވާސް އަށް ބަތަލާއިންތަކެއް ލީޑްކުރާ ގޮތަށް ހަދާ ފުރަތަމަ ފިލްމެވެ. މީގައި އާލިއާއާ އެކު ބަތަލާ ޝަރްވާރީ ވާގް މުހިއްމު ރޯލެއް ކުޅޭނެ އެވެ. އާ ޑައިރެކްޓަރު ޝިވް ރަވައިލް ހަދާ ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

"އަލްފާ" އަކީ ވައިއާރްއެފަށް އާލިއާ ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމު އަންނަ އަހަރަށް ފަސްކުރި އިރު، އާލިއާގެ އެހެން ފިލްމެއް ވެސް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ. އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލް ބަތަލުންގެ ފެންނާނެ ފިލްމު ރިލީޒްކުރާނެ ކަމަށް އަންނަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގަ އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ވޯ 2" އެވެ.