Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ބިލެއް

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިރު، އެ ބިލު ހުށަހަޅުއްވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕޫގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ޖެނުއަރީ 10، 2013 އިން ފެށިގެގެން އަމަލުކުރަމުން އަންނަ ގާނޫނެކެވެ.

މި ބިލު އުވާލަން އިދިކޮޅުން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމި އިރު، ދާދި ފަހުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.