Last Updated: June 8, 07:06
Monday, June 8, 2026
ދުނިޔެ

ބިންހެލުމެއްގައި އަފްގާނިސްތާނުން 20 މަރު

އަފްގާނިސްތާނަށް މިއަދު އައި ބިންހެލުމެއްގައި 20 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 6.3 ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަފްގާނިސްތާންގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަޒާރޭ ޝަރީފް ކައިރިއަށެވެ.

ބިންހެލުމާ ގުޅިގެން ތާލިބާން ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނީ މި ހާދިސާގައި މަރުވި މީހުންގެ އަދަދު 20 އަރާ އިރު، ޒަހަމްވި މީހުންގެ އަދަދު 530 އަށް ވުރެ ގިނަ ކަމަށެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުން މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ބިންހެލުމާ ގުޅިގެން އަފްގާނިސްތާނަށް ވަނީ ކަރަންޓްގެ މައްސަލަ ވެސް ދިމާވެފަ އެވެ.

އަފްގާނިސްތާނަކީ ބިންހެލުންތައް ވަރަށް ގިނައިން އަންނަ ގައުމެކެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރިކްޓާ މިންގަނޑުން 6.0 ބާރުމިނުގައި އައި ބިންހެލުމެއްގައި 800 އެއްހާ މީހުން މަރުވެ، 2،800 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.